ކަންޒިއުމަރ މޯބައިލް އެކްސްޕީރިއަންސް އެނަލައިޒްކޮށް ގިންތި ކުރާ އޯޕަން ސިގްނަލްގެ އެންމެ ފަހުގެ ރިޕޯޓްގައި ބެސްޓް މޯބައިލް އެކްސްޕީރިއަންސް އެވޯޑްސް އުރީދޫއިން ހާސިލުކޮށްފިއެވެ.
އެގޮތުން އޯޕަން ސިގްނަލްގެ ޑިސެމްބަރ 2022 ގެ ރިޕޯޓްގައި ޖުމްލަ މައި ދެ ކެޓަގަރީއެއް ޖުމްލަ ހަތް ދާއިރާއަކަށް ބަހާލައި އެވޯޑް ދީފައިވާއިރު އެ ހަތް ދާއިރާގެ ތެރެއިން ހަ ދާއިރާއިން ބެސްޓް އެވޯޑްސް ހާސިލުކޮށްފައިވަނީ އުރީދޫއިންނެވެ. އަނެއް ދާއިރާއިންވެސް ދިރާގަށް ކުރި ހޯދިފައެއް ނުވެއެވެ.
ކުރި ހޯދާފައިވާ ހަ ދާއިރާއަކީ:
- ވީޑިއޯ އެކްސްޕީރިއަންސް
- ގޭމްސް އެކްސްޕީރިއަންސް
- ވޮއިސް އެޕް އެކްސްޕީރިއަންސް
- ޑައުންލޯޑް ސްޕީޑް އެކްސްޕީރިއަންސް
- އަޕްލޯޑް ސްޕީޑް އެކްސްޕީރިއަންސް
- 4ޖީ ކަވަރޭޖް އެކްސްޕީރިއަންސް
ދިރާގުން އުރީދޫއާއި އެއްވަރުކޮށްފައިވާ ކެޓަގަރީއަކީ ކަވަރޭޖް އެވެއިލެބިލިޓީ ކެޓަގަރީއެވެ.
އޯޕަން ނެޓްވޯކްގެ އެ ރިޕޯޓްގެ ކީ ފައިންޑިންގްސް އަށް ބަލާލާއިރު ރާއްޖޭގައި ބެސްޓް މޯބައިލް ގޭމިންގް އެކްސްޕީރިއަންސް ނެޓްވޯކަކީ އުރީދޫ ކަމުގައި ބުނެފައިވެއެވެ. އަދި ކުރީގެ ރިޕޯޓްގައި އުރީދޫއާއި ދިރާގު މި ކެޓަގަރީގައި ކުރިން އެއްވަރުވީ ނަމަވެސް މިފަހަރު އުރީދޫއިން ކުރި ހޯދާފައިވަނީ 7.1 ޕޮއިންޓްގެ ކުރިއެރުމެއް ހޯދައިގެންކަން ފާހަގަކޮށްފައިވެއެވެ. އަދި އުރީދޫއިން މި ދާއިރާ ކާމިޔާބުކޮށްފައިއެވަނީ 66.7 ޕޮއިންޓުންކަން ފާހަގަކޮށްފައިވެއެވެ. އަދި ދިރާގު އުޅެނީ މި ދާއިރާގައި 8.3 ޕޮއިންޓް ފަހަތުގައިކަން ފާހަގަކޮށްފައިވެއެވެ.
މޯބައިލް ސްޕީޑަށް ބަލާލާއިރު އެ ރިޕޯޓްގައި ބުނެފައިވަނީ އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑްސްގައިވެސް ކުރި ހޯދާފައިވަނީ އުރީދޫއިން ކަމަށާއި އެގޮތުން ދިރާގަށްވުރެ 15.2 އިންސައްތަ އުރީދޫގެ އަޕްލޯޑް ސްޕީޑް ރަނގަޅު ކަމަށާއި 26.1 އިންސައްތަ ޑައުންލޯޑް ސްޕީޑް ދިރާގަށްވުރެ އުރީދޫ ރަނގަޅުކަމަށް ބުނެފައިވެއެވެ.
ވީޑިއޯ އެކްސްޕީރިއަންސާއި ގުޅޭގޮތުން އެ ރިޕޯޓްގައި ބުނެފައިވަނީ ވީޑިއޯ އަދި ވޮއިސް އެކްސްޕީރިއަންސްއިންވެސް ކުރި ހޯދާފައިވަނީ އުރީދޫއިން ކަމަށެވެ. އެގޮތުން ވީޑިއޯ އެކްސްޕީރިއަންސްގައި ދިރާގަށްވުރެ 10 ޕޮއިންޓް އަދި އޯޑިއޯ އެކްސްޕީރިއަންސްގައި ދިރާގަށްވުރެ 2.8 ޕޮއިންޓް އުރީދޫ ކުރި ހޯދާފައިވާކަން ފާހަގަކޮށްފައިވެއެވެ.
4ޖީ ކަވަރޭޖަށް ބަލާލައި އެ ރިޕޯޓްގައި ބުނެފައިވަނީ 10 ޕޮއިންޓްގެ ސްކޭލަކުން އަޅާކިޔާއިރު 0.4 ޕޮއިންޓުން އުރީދޫ ދިރާގުގެ މައްޗަށް މި ދާއިރާއިން ކުރި ހޯދާފައިވާކަމަށެވެ.
މީގެ އިތުރުން "އެޗްޑީ ވީޑިއޯ، ވީޑިއޯ ގްރޫޕް ކޮންފަރެންސް ކޯލްސް އަދި ގޭމިން" އާއި "ލޯވަރ ޕާފޯމަންސް އެޕްލިކޭޝަންސް އިންކްލޫޑިންގ އެސްޑީ ވީޑިއޯ، ވޮއިސް ކޯލްސް އެންޑް ބްރައުޒިން" ބައިންވެސް އުރީދޫ ދިރާގުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދާފައިވާކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 29 އާއި ހަމައަށް ޑާޓާ އެއްކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓެއްކަމުގައި ބުނެފައިވެއެވެ.
ހަތް ދާއިރާގެ ތެރެއިން ހަ ދާއިރާއިން އުރީދޫ ދިރާގުގެ މައްޗަށް ކުރި ހޯދައި އަދި ބާކީ އަނެއް ދާއިރާއިންވެސް އެއްވަރުކޮށްފައިވާއިރު އުރީދޫއިން އަންނަނީ ކަންޒިއުމާ އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއްކޮށް ބޮޑެތި އިންވެސްޓްމަންޓްތަކެއްވެސް ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރު އުރީދޫއިން ތައާރަފްކުރި އުރީދޫ ނޭޝަން ގޭމިން ޕްލެޓްފޯމާއި ލަންކާ-ރާއްޖެ ސަބްމެރިން ކޭބަލް 2021 ވަނަ އަހަރު އަޅާފައިވާއިރު، މި އަހަރު އެޅުމަށް ހަމަޖެހިފައިވާ ޕީސް ކޭބަލް ފާހަގަކޮށްލެވެއެވެ. މި ކޭބަލަކީ ކުޅުދުއްފުށި ސިޓީ ސިންގަޕޫރާއި ޔޫރަޕާއި ގުޅާލެވިގެންދާ ސަބްމެރިން ކޭބަލެކެވެ. މި ކޭބަލް ގައިމްކުރެވުމުން އިންޓަނެޓް ސްޕީޑް އިތުރަށް ހަލުވިވެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރެވިގެންދާނެކަން އުރީދޫއިން ކުރިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް