ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ޝާޒްއަށް

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކޮށްފި އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓުން ވާދަ ކުރި އެވެ. އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ މާލެ އާއި މާފުށި، ގު...

11 Mar 2023 | 14:22

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓުން ވާދަ ކުރި އެވެ. އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ މާލެ އާއި މާފުށި، ގުރައިދޫ އަދި ގުޅީގައި އެވެ.

އެމްޑީޕީން އާންމު ކުރި ބައި އިލެކްޝަންގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރި ޝާޒަށް 311 ވޯޓު ލިބިފައިވެ އެވެ. ދެވަނަ ލިބުނު ސަލްމާން ރަޝީދަށް ލިބިފައިވަނީ 190 ވޯޓެވެ.

މުހައްމަދު މުސްތަފާއަށް 66 ވޯޓު ލިބިފއިވެ އެވެ. އަބްދުﷲ ސައީދަށް ލިބިފައިވަނީ އެންމެ 15 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިގެންވާ 844 މީހުން އެމްޑީޕީގެ ދަފްތަރުގައި ތިއްބެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 590 މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 582 އެވެ.

އެމްޑީޕީގެ އިތުރުން މި އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން މިހާތަނަށް ކަނޑައަޅާފައިވަނީ ޕީޕީއެމް އަދި އެމްއެންޕީއިންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް