ގޭންގް މާރާމާރީތަކާއި ގުޅިގެން ފުލުހުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭގައި ކުރިއަށް ގެންގޮސްފައިވާ މި އޮޕަރޭޝަން އަކީ ސަރޗް އޮޕަރޭޝަނެއް ކަމުގައި ފުލުހުން ބުނެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީޑިއާގައި ވިދާޅުވީ މި އޮޕަރޭޝަން އަކީ ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ އާއި ގުޅޭ އޮޕަރޭޝަން އެއް ކަމަށެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް 30 އަހަރުގެ އެ ޒުވާނާ ވަނީ މަރުވެފައި އެވެ.
ފުލުހުން އިއްޔެރޭ ހިންގި މި އޮޕަރޭޝަންގައި ހަރަކާތްތެރިފައިވަނީ ހެންވޭރު ރޯޝަނީ މަގާއި ދީފުރަމް ގޯޅި އަދި މެހެލި ގޯޅީގައި އެވެ. އެ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ މޫނު ނިވާކޮށްގެންނެވެ.
މިދިޔަ ދެ މަހު މާލޭގައި ވަނީ މާރާމާރީތަކެއް ހިންގައި ވިޔަފާޜިތަކަކަށް ގެއްލުން ދީފައި އެވެ.
މީގެތެރެއިން ހުޅުމާލޭ ޖޫސް ޓައިމްއަށް ގެއްލުން ދިން މައްސަލައިިގަ ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ފިހާރަ ތެރޭގައި30 އަހަރުގެ ޒުވާނާ މަރާލި މައްސަލައިގަވެސް ދެމީހަކު ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް