ގދ. ފަރެސްމާތޮޑާ އެއާޕޯޓަށްޓެސްޓް ފްލައިޓް ޖައްސަން ތައްޔާރު ވެއްޖެއެވެ.
މިކަން ހާމަކޮށް ފަރެސްމާތޮޑާ އެއާޕޯޓުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުގައި ބުނެފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 03:45 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފުލައިޓް ޖައްސަން މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ.
އަދި މި މަހުގެ 13 ވަނަ ދުވަހު ޓެސްޓް ފްލައިޓު ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސަން ހަމަޖެހިފައި ވާއިރު ޓެސްޓް ފްލައިޓަކަށް ޖައްސަން ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް އެ އެއާޕޯޓުން ހާމަކޮށްފައި ވެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއަރޕޯޓް ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް ވަނީ ފުރިހަމަކޮށްފަ އެވެ.
އަދި މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ.
ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙުގެ ވަޢުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް