މިއަހަރަށް އާސަންދައަށް ކަނޑައެޅި ބަޖެޓުން 334 މިލިއަން ހަރަދުކޮށްފި

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައެޅި ބަޖެޓުން334 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅަފައިވަނީ1.045 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން އާންމު...

11 Mar 2023 | 09:42

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައެޅި ބަޖެޓުން334 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅަފައިވަނީ1.045 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައިން ޖެނުއަރީ އެކަކުން ފެށިގެން ދޭއް މާޗުގެ ނިޔަލަށް ބަޖެޓުގ ެ31 ޕަސެންޓު ވަނީ ބޭނުން ކޮށްފައި އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އާސަންދައިން ހޭދަކޮށްފައި 163 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ހޭދަ ކޮށްފައިވާ މިންވަރު 52 އިންސައްތަ އިތުރެވެ.

އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކް ތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް