ޝާހްރުކްގެ ކުރިޔަށް އޮތް ފިލްމުގެ ސީނެއް ލީކު ކޮށްލުމުން ވަރަށް ފައިދާ ވެއްޖެ!

ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާންގެ ކުރިޔަށް އޮތް ފިލްމު "ޖަވާން" ގެ ސީންއެއް އިންޓަނެޓްގައި ލީކު ކޮށްލައިފި އެވެ. "ޖަވާން" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން ދެ ވަނަ ދުވަހު އެވެ. މި ފިލްމުގައި ...

11 Mar 2023 | 08:50

ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާންގެ ކުރިޔަށް އޮތް ފިލްމު "ޖަވާން" ގެ ސީންއެއް އިންޓަނެޓްގައި ލީކު ކޮށްލައިފި އެވެ.

"ޖަވާން" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން ދެ ވަނަ ދުވަހު އެވެ. މި ފިލްމުގައި ޝާހްރުކާއި އެކު ލީޑްރޯލުން ފެނިގެންދާނީ ނަޔަންތަރާ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ ސީން އެއް އިންޓަނެޓުގައި ލީކު ކޮށްލީ ކޮންބައެއް ކަމެއް ނޭނގެ އެވެ. މިހާރު ވަނީ އެ ވީޑިއޯ ޑިލީޓު ކޮށްލާފައި އެވެ.

އެ ސީންއަކީ ފިލްމުގައި ފުރަތަމަ ޝާހްރުކް ފެނިގެންދާ މަންޒަރު ކަަމަށްވެ އެވެ. ވީޑިއޯ ލީކުވުމާއި އެކު ޝާހްރުކްގެ ފޭނުންނާއި މުޅި އިންޓަނެޓު ވަނީ ގުޑާލާފައި އެވެ. އަދި ފިލްމުގެ އެ މަންޒަރުން އެކަނިވެސް ފިލްމު ރީތިވާނެވަރު އެނގޭ ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން މިއަހަރު ރިލީޒް ކުރި ޝާހްރުކްގެ ހިޓު ފިލްމު "ޕަތާން" އަށްވުރެ ބޮޑު ކާމިޔާބެއް އެ ފިލްމަށް ލިބޭނެ ކަމަށް ދަނީ ބުނަމުންނެވެ. އަދި މިހާރުވެސް އެ ފިލްމު ހިޓު ފިލްމުތަކުގެ ލިސްޓުގައި ވަނީ އާންމުން ހިމަނާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލީކުކޮށްލި ވީޑިއޯ ކޮޅުގެ ސަބަބުން އެ ފިލްމަށް ވަނީ ވަރަށް ފައިދާވެފައި އެވެ.

މި ފިލްމަކީ އަޓްލީ ކުމާރު ޑައިރެކްޓު ކުރާ ފިލްމެކެވެ. ފިލްމުގައި ޝާހްރުކްގެ ޑަބަލް ރޯލު ފެނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް