ރައީސް ސޯލިހު، ޗައިނާގެ ރައީސަށް މަރުހަބާ ވިދާޅުވެއްޖެ

ޗައިނާގެ ރައީސް ޝީ ޖިންޕިން ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންނެވުމުން ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ. ޗައިނާގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް ޝީ ޖިންޕިން ހޮވިފައި ވަނީ އެ ގައުމުގެ ގާނޫނު ހ...

11 Mar 2023 | 08:10

ޗައިނާގެ ރައީސް ޝީ ޖިންޕިން ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންނެވުމުން ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް ޝީ ޖިންޕިން ހޮވިފައި ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ގެ ގާތްގަނޑަކަށް ތިންހާސް މެންބަރުންގެ އިއްތިފާގުން އިއްޔެގައެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވާ ގޮތުގައި ޝީ ޖިންޕިން ޗައިނާގެ ރައީސްކަމަށް އަދި އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔަކަށް އިންތިހާބުވެ ވަޑައިގަތުމުން އެ ކަމަށް މަރުހަބާ ވިދާޅުވެ ތަހުނިޔާގެ މެސެޖެއް ރައީސް ސޯލިހު އިއްޔެ ފޮނުވާފައި ވާ ކަމުގައެވެ.

ޗައިނާ އެމްބަސީއިން ބުނެފައިވާ ގޮތުގައި ރައީސް ސޯލިހު ފޮނުވާފައިވާ ތަހުނިޔާގެ މެސެޖުގައި  ޝީގެ ލީޑަރޝިޕާއި ތަސައްވުރާއި މެދު ޗައިނާ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދަމަހައްޓައި އަދި ކާމިޔާބީއަށް އެދިވަޑައިގެންނެވުމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވެސް ރައީސް ސޯލިހު އެދިވަޑައިގަންނަވާފައި ވެއެވެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ މިދިޔަ އަހަރު ވަނީ ފަންސާސް އަހަރު ފުރިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް