މާދަމައިން ފެށިގެން ބިދޭސީންގެ ކޯޓާ ފީ އޮންލައިން ކޮށް ދެއްކޭނެ: މިނިސްޓްރީ

ބިދޭސީ މަސައްކަތްތެރިންނާ ގުޅުން ހުރި ކަންކަން ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ހަދާފައިވާ "އެކްސްޕެޓް ސިސްޓަމް"ގެ މެދުކަނޑާލާފައިވާ ޚިދުމަތްތައް އަންނަ އާދިއްތަ ދުވަހު އަލުން ފަށަން އިކޮނޮމިކް ...

11 Mar 2023 | 07:41

ބިދޭސީ މަސައްކަތްތެރިންނާ ގުޅުން ހުރި ކަންކަން ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ހަދާފައިވާ "އެކްސްޕެޓް ސިސްޓަމް"ގެ މެދުކަނޑާލާފައިވާ ޚިދުމަތްތައް އަންނަ އާދިއްތަ ދުވަހު އަލުން ފަށަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އަލުން އެ ޚިދުމަތްތައް ދޭން ފަށާކަން ހާމަކޮށްފައި ވާއިރު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީން ދެމުންގެންދިޔަ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނައުމަށް މިދިޔަ މަހުގެ 26 ގައި ވަނީ މެދުކަނޑާލާފަ އެވެ.

މިޚިދުމަތްތައް ފަށާކަން ހާމަކޮށް އިކޮނިމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހު އެކްސްޕެޓް ސިސްޓަމް އަލުން ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށެވެ.

އަދި  ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން ދައްކަން ޖެހޭ ކޯޓާ ފީ ވެސް ދެން އެ ސިސްޓަމް މެދުވެރިކޮށް ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މިގޮތުން ކޯޓާ ފީގެ ގޮތުގައި ވަޒީފާ ދޭ ފަރާތުން ބޭނުންކުރާ ކޮންމެ ކޯޓާއަކަށް އަހަރަކަށް 2،000ރ ދެއްކޭނެ އިންތިޒާމާއި ކޯޓާ ފީ 12 މަސްދުވަހަށް ބަހާ ލައިގެން ޝެޑިއުލް ކޮށްގެން ދެއްކުމުގެ އިންތިޒާމު ސިސްޓަމްގެ ތެރެއިން ހަމަޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް