ރާއްޖޭން ވެސް އީރާނާ ގުޅުން ގާއިމުކުރަން ނިންމައިފި

ގުޅުން ކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން ސައުދީ އަރަބިއާ އާއި އިރާން އަލުން ގުޅުންތައް ގާއިމުކުރުމަށް އެއްބަސްވުމާ އެކު ރާއްޖޭން ވެސް އީރާނާ އަލުން ގުޅުން ގާއިމުކުރަން ނިންމައި ދެ ގައުމުގެ ނިންމުމ...

11 Mar 2023 | 06:39

ގުޅުން ކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން ސައުދީ އަރަބިއާ އާއި އިރާން އަލުން ގުޅުންތައް ގާއިމުކުރުމަށް އެއްބަސްވުމާ އެކު ރާއްޖޭން ވެސް އީރާނާ އަލުން ގުޅުން ގާއިމުކުރަން ނިންމައި ދެ ގައުމުގެ ނިންމުމަށް މަރުހަބާ ކިޔައިފި އެވެ.

ސައޫދީ އަރަބިއްޔާ އާއި އީރާން ސުލްހަވާން ނިންމީ ޗައިނާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

އެގޮތުން ރާއްޖޭން އީރާނާ ގުޅުން ކަނޑާލާފައި ވަނީ މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުން ގެއްލޭ ފަދަ ކަންކަން އެ ގައުމުން ކުރާ ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 17، 2016 ގަ އެވެ.  އަދި އެނިންމުން އައިސްފައި ވަނީ އެ އަހަރުގެ ޖެނުއަރީ މަހު ސައޫދީން އީރާނާ ގުޅުން ކަނޑާލައިފައި ވަނި ކޮށެވެ.

ސައޫދީ އާއި އީރާން ސުލްހަވެ ގުޅުންތައް ގާއިމުކުރަން ނިންމާފައިވާ ކަން ހާމަކޮށްފައި ވަނީ އެ ދެ ގައުމާއި ޗައިނާގެ ގުޅިފައިވާ ބަޔާނަކުންނެވެ.

އެ ބަޔާނުގައި ބުނެފައި ވާގޮތުން ކުރިއަށް އޮތް ދެ މަސް ތެރޭ ދެ ޤައުމުން ވެސް އެމްބަސީތައް އަލުން ހުޅުވާނެ އެވެ.

ހަމައެހެންމެ ކޮންމެ ޤައުމަކުން ވެސް އަނެއް ޤައުމެއްގެ މިނިވަންކަމަށް އިހްތިރާމްކޮށް ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެއްބަސްވެ ދެ ޤައުމުން މީގެ ކުރިން ސޮއިކޮށްފައިވާ ބައެއް އެއްބަސްވުންތަކަށް އަލުން އަމަލުކުރަން ފަށަން ވެސް ވަނީ އެއްބަސްވެފަ އެވެ.

ސައޫދީން އީރާނާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު، އީރާންގެ ވެރިރަށް ތެހެރާންގައި މުޒާހަރާކޮށް، އެ ތަނުގައި ހުންނަ ސައޫދީ އެމްބަސީއަށް ގެއްލުންދީ ހުޅުޖެހި މައްސަލައިގަ އެވެ.

މިގޮތުން ސައޫދީގައި ހަމަނުޖެހުން އުފެއްދުމަށް އީރާން އަޑީގައި އޮވެގެން މަސައްކަތްކުރާ ކަމަށް ސައުދީން ތުހުމަތުކޮށްފައި ވެއެވެ. މީގެ އިތުރުން ހޫތީން ޑްރޯން ބޭނުންކޮށްގެން ސައޫދީގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދޭން ފެށުމުން 2019 ވަނަ އަހަރު މައްސަލަ އިތުރަށް ގޯސްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް