ކޯވިޑް އަދަދުތައް 100 އަށް ތިރިވެއްޖެ

ރާއްޖެއިން އިތުރު 172 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 119 މީހުންނާއި މާލެއިން 34 މީހުން ކަމަށެވެ....

11 Mar 2022 | 17:23

ރާއްޖެއިން އިތުރު 172 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 119 މީހުންނާއި މާލެއިން 34 މީހުން ކަމަށެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 16 މީހުންނަށެވެ.

ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 1،548 ސާމްޕަލެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 14،232 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ ހަތަރު މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 159،621 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 297 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 174،163 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް