އިހުތިޖާޖު ހުއްޓާލައި، ޑްރަވަރުން ބޮޑު އަގުގައި ޓެކްސީ ދަތުރުތަށް ފަށައިފި

ޓެކްސީގެ އަގު ބޮޑު ކުރުމަށް ޑްރައިވަރުން އަމިއްލައަށް ނިންމި ނިންމުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ޖަވާބެއް ނުދިނުމުން ކުރަން ފެށި އިހުތިޖާޖު ހުއްޓާލައި ބޮޑު އަގުގައި ދަތުރު ކޮށްދޭން ފަށައިފި އެވެ. އަމ...

11 Mar 2022 | 16:41

ޓެކްސީގެ އަގު ބޮޑު ކުރުމަށް ޑްރައިވަރުން އަމިއްލައަށް ނިންމި ނިންމުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ޖަވާބެއް ނުދިނުމުން ކުރަން ފެށި އިހުތިޖާޖު ހުއްޓާލައި ބޮޑު އަގުގައި ދަތުރު ކޮށްދޭން ފަށައިފި އެވެ.

އަމިއްލައަށް އަގުތަކެއް ކަނޑައެޅުމަށް ފަހު ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ބުނެފައިވަނީ އެ ނިންމުމާއި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް އިއްޔެގެ ނިޔަލަށް މުހުލަތެއް ދީފައިވާ ކަމަށެވެ. އެކަމަކު އިއްޔެގެ ރަސްމީ ގަޑި ނިމުނު އިރުވެސް ޖަވާބެއް ދީފައި ނުވާތީ ޓެކްސީ ދަތުރުތައް ހުއްޓާލައި ދިޔައީ ހުޅުމާލެ އާއި މާލޭގައި އިހުތިޖާޖު ކުރަމުންނެވެ.

އެކަމަކު މިރެއާ ހިސާބަށްވެސް ސަރުކާރުން އެ ނިންމުމާއި މެދު އެއްޗެއް ނުބުނުމުން ޑްރައިވަރުން ވަނީ އެމީހުން ބޭނުންވާ އަގުގައި މިރޭ ދަތުރުކޮށްދޭން ފަށާފަ އެވެ. މީޑިއާގައި ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރަކު ބުނީ އިހުތިޖާޖުގައި ބައިވެރިވި ޑްރައިވަރުން ނިންމީ ބޮޑު ކުރި އަގުތައް ކަސްޓަމަރުންނަށް ފެންނާނެ ގޮތަށް ޓެކްސީގައި ހަރު ކުރާށެވެ.

އަދި ދަތުރަށް ޓެކްސީއަށް އަރާނީ އެ އަގުތަކަށް އެއްބަސްވާ މީހުން ކަމަށާއި އެކަމާއި މެދު ދެން ސަރުކާރަށް އެއްޗެއް ނުބުނެވޭނެ ކަމަށެވެ.

ޓެކްސީ ދަތުރުތަކަށް ގެންނަން ނިންމާފައިވާ ބަދަލު:

މާލޭގެ އެތެރޭގެ ދަތުރެއް- 30 ރުފިޔާ

– ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް – 25 ރުފިޔާ

– މާލެއިން ހުޅުމާލެ އަށް – 100 ރުފިޔާ

– މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް – 80 ރުފިޔާ

– ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް – 120 ރުފިޔާ

– ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް – 40 ރުފިޔާ

– މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ

– ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ

މީގެ އިތުރުން ރޭ ގަނޑު12:00 އާއި ހެނދުނު6:00 އާއި ދެމެދު ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރު ވާނެ އެވެ.

މިގޮތަށް ނިންމީ މާލެ އައި ހުޅުމާލޭ ޓެކްސީ ޑްރައިވަރުން މަޝްވަރާ ކުރުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް