ހަނގުރާމައަށް ދިޔަ އަންހެން މީހާ ބޭރުގައި ވިހޭ ދެ ދަރިންނަށް ރަށްވެހިކަން ދީފި

ރާއްޖެއިން ބޭރުގައި ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަ ކުރުމަށް ދިޔަ އަންހެނަކު ރާއްޖެއިން ބޭރުގައި ވިހޭ ދެ ދަރިންނަށް ދިވެހި ރަށްވެހިކަން ދީފި އެވެ. އެމީހާ ހަނގުރާމައަށް ދިޔައ...

11 Mar 2022 | 16:15

ރާއްޖެއިން ބޭރުގައި ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަ ކުރުމަށް ދިޔަ އަންހެނަކު ރާއްޖެއިން ބޭރުގައި ވިހޭ ދެ ދަރިންނަށް ދިވެހި ރަށްވެހިކަން ދީފި އެވެ.

އެމީހާ ހަނގުރާމައަށް ދިޔައީ ފިރިމީހާ އާއި ދެ ދަރިންނާއި އެކު އެވެ. މީގެ ކުރީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ފިރިމީހާ މަރުވުމުން އެހެން މީހަކާއި ކައިވެނިކޮށްގެން އޭނާއަށް ހަނގުރާމައިގެ ސަރަހައްދުގައި ދެ ކުދިން ލިބިފައިވެ އެވެ.

މި ހަތަރު މައިން މިއަދު ރާއްޖެ ވަނީ ގެނެސްފަ އެވެ. މިއީ ހަނގރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައި ތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ރާއްޖެ ގެނައުމަށް ގައުމީ ފެންވަރެއްގައި ކުދަމުންދދާ މަސައްކަތުގެ ތެރެއިން ހިންގުނު ފުރަތަމަ ހަރަކާތެވެ.

މި މައްސަލައިގަ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އަންހެން މީހާގެ ހަތަރު ކުދިންގެ ތެރެއިން ރާއްޖެއިން ބޭރުގައި ވިހޭ ދެ ކުދިންނަށް ދިވެހި ރަށްވެހިކަން ދިނީ ޑީއެންއޭ ޓެސްޓުކޮށް، އަންހެން މީހާގެ ދަރިންކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ. ފުލުހުން ބުނީ އެކުދިންގެ ރައްވެހިކަމާއި ރަޖިސްޓްރޭޝަން ހަމަޖައްސައި މިހާރު ނިމިފައިވާ ކަމަށެވެ.

އަންހެން މީހާ އާއި ހަތަރު ދަރިން މިވަގުތު ތިބީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެޝަނަލް ރީ އިންޓިގްރޭޝަން ސެންޓަރުގައ ބައިތިއްބާފަ އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ރިސްކް އެސެސްމެންޓު ހެދުމަށް ފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަރާތެއް ވާނަމަ އެކަން ކުރާނެ ކަމަށެވެ.

އުމުރުން33 އަހަރުގެ އެ އަންހެން މީހާ ރާއްޖެއިން ބޭރަށް ހަނގުރާމައިގަ ބައިވެރިވާން ފުރީ2013 ވަނަ އަހަރު އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ އެފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީ އެ މައްސަލަ ހައްލު ކުރުމަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް