ޕޯސްޓުން ރާއްޖެ ގެނައި 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓު މެދިވެރިކޮށް ރާއްޖެ ގެނައި13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ބުނީ މިމަހު ޕޯސްޓް މެދުވެރިކޮށް ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 3.3 ކިލޯގެ މަސްތ...

11 Mar 2022 | 15:54

ޕޯސްޓު މެދިވެރިކޮށް ރާއްޖެ ގެނައި13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިމަހު ޕޯސްޓް މެދުވެރިކޮށް ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 3.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިިވާ ކަމަށެވެ. އެއީ ބައި ކިލޯއަށް ވުރެ އެމްޑީއެމްއޭ އާއި ބައި ކިލޯގެ މެފެޑްރޯންގެ އިތުރުން ދެވަނަ ޕާރުސަލުން ފެނުނު 2.2 ކިލޯގެ ކޮކެއިންނެވެ.

ކަސްޓަމްސުން ބުނިގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 12.9 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެ މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާއިރު، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ޚާއްސަ ސްޕެެޝަލް ޓެކްޓިކަލް ޓީމެއް އުފައްދައި، މާލެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ކަސްޓަމްސުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް