ޓްރީ ޓޮޕް ހޮސްޕިޓަލުން ސަރވިކަލް ކެންސަރ ސްކްރީނިންގ ހިދުމަތް ތައާރަފޮކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރު ވަނަ އަހަރީ ދުވަސް އަދި އަންހެނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ރަހިމުގެ ދޮރުގެ ކެންސަރ ނުވަތަ ސަރވިކަލް ކެންސަރ ސްކްރީނިންގް ހިދުމަތް ތައާރަފް...

11 Mar 2022 | 14:17

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރު ވަނަ އަހަރީ ދުވަސް އަދި އަންހެނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ރަހިމުގެ ދޮރުގެ ކެންސަރ ނުވަތަ ސަރވިކަލް ކެންސަރ ސްކްރީނިންގް ހިދުމަތް ތައާރަފްކޮށްފިއެވެ.

ސަރވިކަލް ކެންސަރަކީ ރަހިމުގެ ކަރަށް ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަދި މިއީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުންޖެހޭ ކެންސަރެކެވެ.

އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ މި ގުނަވަނަށެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރަ ސްކްރީނިންގ ހެދުމުން ބަލީގެ ކުރީކޮޅުގައި ފަރުވާ ފެށި އަދި މިކަމުން ބަލިން ފަސޭހަވުމުގެ ފުރުސަތު ބޮޑުވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ސަރވިކަލް ކެންސަރ ސްކްރީނިންގް ޕެކޭޖުގައި ލިބޭ ހިދުމަތްތަކަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުން، ޕެޕް ސްމިއަރ ހެދުން، ވެޖިނަލް ސުވެބް ހިމެނެއެވެ.

މީގެ އިތުރުން ޔޫރިން އެނާލިސިސް، ޔޫރިން ކަލްޗަރ، ފުލް ބުލަޑް ކައުންޓު، އެޗް.ޕީ.ވީ ވެކްސިން، އަދި ޓެސްޓު ނަތީޖާގެ އަލީގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ލަފާ ހޯދުން ހިމެނޭކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

ކެންސަރުން ދިފާޢުވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކީ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމުގެ ސަބަބުން، ކެންސަރަށް ބަދަލުވުމުގެ ކުރިން، ނުވަތަ ކެންސަރުގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާދީ، ގިނަ ބަޔަކު މިބަލިން ސަލާމަތް ކުރެވިދާނެ އެވެ.

ކޮންމެ އަންހެނަކަށްވެސް ގައިނޮކޮލޮޖީ ކެންސަރ ޖެހިދާނެއެވެ. ކެންސަރ ޖެހުމުގެ ރިސްކް ކުޑަކުރުމަށްޓަކައި ސިއްހީ ރަނގަޅު އާދަތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމާއި، އަދި މީގެ އިތުރުން އެޗްޕީ.ވީ ވެކްސިން ޖަހައި ސާރވިކަލް ކެންސަރ ދެނެގަތުމަށް ގަވައިދުން ސްކްރީން ކުރުން މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް