ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އެމްޑީއޭ އިން ގޮވާލައިފި

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިި ދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ގޮވާލައިފިއެވެ. އެމްޑީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތެލުގެ...

11 Mar 2022 | 14:15

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިި ދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ގޮވާލައިފިއެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތެލުގެ އަގު ވަރަށް ބޮޑަށް މައްޗައް ދިޔުމާއި ގުޅިގެން މާލެ ސަރަހައްދުގެ ޓެކްސީގެ އަގުތަކަށް ބަދަލުު ގެނައުމަށް ގޮވާލާ ޓެކްސީ ޑްރައިވަރުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެ ޕާޓީން ގޮވާލާކަމަށެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެމުންދަނީ މާލެ ސަރަހައްދުގައި ކަން ފާހަގަކޮށް އެމްޑިއޭ އިން ބުނީ ޓެކްސީގެ ޚިދުމަތަކީީ ކޮންމެ ދުވަހަކުވެސް އެތައް ހާސް ދިވެހި ރައްޔިތުން ބޭނުންކުރަމުން އަންނަ ޚިދުމަތެއް ކަމަށެވެ.

މީގެ އިތުރުން ޓެކްސީ ކޮށްގެން އާމްދަނީ ހޯދާ އެތައް އާއިލާ އަކަށް ތެލުގެ އަގު އުފުލުމާއި ނޭދެވޭ އަސަރުކޮށްފައިވާކަން އެމްޑީއޭގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ޓެކްސީ ޑްރައިވަރުންނާއި އެ ޚިދުމަތް ބޭނުންކުރާ އާންމު ރައްޔިތުންނަށް ދަތި ނުވާނެ ގޮތުގެ މަތީން މަޝްވަރާގެ މަގު އިހުތިޔާރުކޮށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ޕާޓީން ގޮވާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް