ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާތައް ހަރުދަނާ ކުރުމަށް ގައިޑްލައިނެއް

ތެލަސީމިއާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް "ގައިޑްލައިން އޮން މެނޭޖްމަންޓް ޓްރާންސްފިއުޝަން ޑިޕެންޑަންޓް ތެލެސީމިއާ އިން މޯލްޑިވްސް" ގެ ނަމ...

11 Mar 2022 | 14:09

ތެލަސީމިއާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް "ގައިޑްލައިން އޮން މެނޭޖްމަންޓް ޓްރާންސްފިއުޝަން ޑިޕެންޑަންޓް ތެލެސީމިއާ އިން މޯލްޑިވްސް" ގެ ނަމުގައި ގައިޑްލައިނެއް އިފްތިތާހު ކޮށްފިއެވެ.

ތެލަސީމިއާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ތައްޔާރުކޮށްފައިވާ މި ގައިޑްލައިން އިފްތިތާހު ކޮށްފައިވަނީ ރޭގައެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ފޯރުކޮށްދޭ ތެލެސީމިއާ ފަރުވާއަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އާއި ތެލެސީމިއާ އިންޓަރނޭޝަނަލް ފެޑެރޭޝަން (ޓީ.އައި.އެފް) އިން ތެލެސީމިއާ ފަރުވާގެ ގޮތުގައި ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވާ ފަރުވާތަކެެއް ކަަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

ތެލެސީމިއާ ފަރުވާގެ އެންމެ ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ގައިޑްލައިންގައި ހިމެނޭ ކަންތައްތައްތަކުގެ ތެރޭގައި ތެލެސީމިއާ ކުދިންގެ ދަގަނޑުގެ ބައި ދަށްކުރުމަށް ކުރެވޭނެ ކަންކަމާއި ތެލެސީމިއާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަން ހިމެނެއެވެ.

ލޭ އެޅުމުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ފަރުވާ ކުރާނެ ގޮތާއި ތެލެސީމިއާ ކުދިން ދަރިމައިވުމުގައި ދިމާވާ ކަންކަމަށް ފަރުވާކުރާނެ ގޮތް މިގައިޑްލައިންގެ ތެރޭގައި ހިމެނެއެވެ.

މި ގައިޑްލައިންގެ ސަބަބުން އަތޮޅުތެރޭގައި އަދި މާލޭގައި މަސައްކަތްކުރާ ސިއްޙީ ހިދުމަތްތެރިންނަށް ތެލެސީމިއާ ފަރުވާ ދިނުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް