ޖަލަށް ސާމާނު ވައްދަން އުޅުނު މީހަކު ކަނޑުވެ މަރުވެއްޖެ

ރޭގެ ވަގުތެއްގައި ކ. މާފުށީ ޖަލަށް ސާމާނުތަކެއް ވައްދަން އުޅުނު މީހަކު ކަނޑުވެ މަރުވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. މާފުށީ ޖަލާއި ދިމާލުން މޫދުގައި މީހަކު ގެނބިފައިވާ...

11 Mar 2022 | 05:48

ރޭގެ ވަގުތެއްގައި ކ. މާފުށީ ޖަލަށް ސާމާނުތަކެއް ވައްދަން އުޅުނު މީހަކު ކަނޑުވެ މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކ. މާފުށީ ޖަލާއި ދިމާލުން މޫދުގައި މީހަކު ގެނބިފައިވާކަމަށް ރޭ 2:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަަމަށެވެ.

"މީހާ މޫދުން ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހަކީ ބައެއް ސާމާނު މާފުށީ ޖަލަށް ވައްދަން އުޅުނު މީހެކެވެ. އެމީހާ މާފުށީ ޖަލަށް ވަންނަން އުޅުނީ ފަތާފައި ގޮހެވެ.

މާފުށީ ޖަލާ ދިމާލުން ތޮށިގަނޑު މައްޗަށް އެރިތަނުން ސެކިއުރިޓީންނަށް ފެނުމުން ފިލަން މޫދަށް އެރުނީ ކަމާއި މަރުވެފައި އޮއްވާ ފެނުނީ ކަރެކްޝަންސްގެ އޮފިސަރުން ހޯދަމުންދަނިކޮށް ކަަމަށް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.

ޖަލަށް، ފޯނާއި ޗާޖަރާއި ބެޓެރީއާއި ސިމްކާޑުގެ އިތުރުން ސިނގިރޭޓުފަދަ ތަކެތި ވަގަށް ވެއްދުމަކީ މީގެ ކުރިންވެސް ވަރަށް ގިނައިން ކުރާ ކަމެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް