ޤަވާއިދުން ނެރެމުންނުދާ 47 ނޫހެއް ހޯމް މިނިސްޓްރީން އުވާލައިފިއެވެ.
ނޫސް މަޖައްލާތަކުގެ ހުއްދަ ދޫކުރުމުގެ ޤާނޫނީ ޒިންމާ ނަގާ ފަރާތް ކަމުގައިވާ ހޯމް މިނިސްޓްރީން ބުނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކުގެ ތެރެއިން ގަވާއިދުން ނެރެމުން ނުގެންދާ ނޫސް މަޖައްލާތަކެއް އުވާލާފައިވާ ކަމަށެވެ.
އުވާލާފައިވަނީ ޑިސެންބަރު 31، 2019 ގެ ނިޔަލަށް ގަވައިދުން ނުހިންގާ ނޫސްތަކެވެ.
އަދި އުވާލި ނޫސްތަކުގެ ލިސްޓެއް އާންމުކޮށްފައި ވެއެވެ. އެ ލިސްޓުގައި 47 ނޫހެއް ހިމެނެއެވެ.
މިއީ ރަށްރަށުގައި ހިންގާ ކުދި ނޫސްތައް ކަމުގައި ނަމަވެސް ކުރިން ޤަވައިދުން ނެރެފައި މިހާރު ހުއްޓާލާފައިވާ ނޫސްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް