ފްރޯޑް ކަމަށްބުނެ އެމްއެމްއޭއިން ނެރުނު ބަޔާން ކުށްވެރިކުރަން: ކިންގްސް ކެޕިޓަލް

ހިންގަނީ ފްރޯޑެއް ކަަމަށް ދޭހަވާހެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ނޫސްބަޔާން ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ކުށްވެރިކޮށްފިއެވެ. އެމްއެމްއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނ...

10 Mar 2022 | 20:39

ހިންގަނީ ފްރޯޑެއް ކަަމަށް ދޭހަވާހެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ނޫސްބަޔާން ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ކުށްވެރިކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބަޔަކު ހިންގާ ސްކީމެއްގައި އާންމުންގެ ކިބައިން ނަގާ ފައިސާއިން އެފަރާތްތަަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި އެ ފައިސާ ބޭނުންކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ.

މިކަން ކުށްވެރިކޮށް ކިންގްސްއިން މިރޭ ބުނެފައިވަނީ އެމްއެމްއޭއިން ނުސީދާކޮށް އެ ކުންފުންޏަށް އަމާޒުކޮށް އެ ކުންފުނިން ފްރޯޑެއް ހަދަމުންދާކަމަށް ދޭހަވާގޮތަށް، އެ ކުންފުނި ބަދުނާމުވާގޮތަށް ބަޔާން ނެރެ އެކުންފުނީގެ ގުޑްވިލް ހަލާކުކޮށްލާ، އަގުވައްޓާލާ އިތުބާރުގެއްލޭގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާން ކުށްވެރިކުރާކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންސްގް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ (މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް) ސަހްބާން ފަހްމީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޓްރޭޑް މިނިސްޓްރީގައި އެ ވިޔަފާރިއަށް ދޫކޮށްފައިވާ ހުއްދައަކީ މުދާ އެތެރެކޮށް ވިއްކުމުގެ ހުއްދައެވެ.

އެމްއެމްއޭގެ މި ބަޔާނާމެދު ހިތްހަމަނުޖެހުން، ކުންފުނީގެ ހިއްސާދާރު އަލްހާން ފަހުމީވެސް އަންނަނީ ފާޅުކުރައްވަމުންނެވެ.

އެގޮތުން އަލްހާން މިރޭ ވިދާޅުވެފައިވަނީ ރައްޔިތުންނަށް މަންފާވާ ކަންކަމުގައި ހުރަސް އެޅުމުގެ ބަދަލުގައި އަދި ގާނޫނީ ގޮތުން އެކަންކަން ފަހިކޮށްދިނުމުގެ ބަދަލުގައި ހުރަސް ނޭޅުއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަލްހާން މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހަށްވެސް މި މެސެޖު ރައްދުވާނޭހެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް