ގޮތް ނޭނގޭ ސްކީމްތަކަށް އިންވެސްޓް ނުކުރުމަށް ސީއެމްޑީއޭއިން އިލްތިމާސް ކޮށްފި

ގޮތް ނޭނގޭ ސްކީމްތަކާއި ފަންޑްތަކަށް އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ. މިކަމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވަނީ މިރޭ ދަންވަރު ...

10 Mar 2022 | 20:17

ގޮތް ނޭނގޭ ސްކީމްތަކާއި ފަންޑްތަކަށް އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

މިކަމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވަނީ މިރޭ ދަންވަރު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ސީއެމްޑީއޭއިން ބުނެފައިވަނީ މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަ ލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓް ނުކުރުމަށް ނަސޭހަތްތެރިވާކަމަށެވެ.

"ސެކިއުރިޓީޒް މުއާމަލާތްތަކުގައި ހަރަކާތްތެރިވުމަށް މި އޮތޯރިޓީން ލައިންސަންސް ދީފައިވާ ފަރާތްތަކާއި ފަންޑު ހިންގާ ބެލެހެއްޓުމަށްޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު، މި އޮތޯރިޓީގެ ވެބްސައިޓްގައިވާ މި ލިންކުން https://cmda.gov.mv/en/public/licensed-or-registered-entities ލިބެން ހުންނާނެއެވެ" ސީއެމްޑީއޭއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަކީ ހުއްދަލިބިފައިވާ ސްކީމެއްތޯ ބެއްލެވުމަށްފަހު ނޫނީ އެއްވެސް ފަންޑެއްގައި ނުވަތަ އެއްވެސް ސްކީމެއްގައި ބައިވެރިނުވުމަށްވެސް ދަންނަވާކަމަށެވެ.

https://twitter.com/dhuvasmv/status/1501971960506593282

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް