މިއަދު ޕޮސިޓިވްވީ މާލެއިން 100، އެހެން ސަރަހައްދުތަކުން 24 މީހުން

ރާއްޖެއިން އިތުރު124 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން100 މީހުންނަކީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ11 މީހުންނެވ...

11 Mar 2021 | 17:20

ރާއްޖެއިން އިތުރު124 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން100 މީހުންނަކީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ11 މީހުންނެވެ. އަތޮޅު ތެރޭގެ ރަށްތަކުން ބަލި ޖެހިފައިވަނީ13 މީހަކަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،059 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،502 މީހުންނަށެވެ. ހޮސްޕިޓލްގއި އެޑްމިޓްގެން ފަރުވާ ދެމުން ދަނީ އޭގެތެރެއިން 157 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 161 މީހަކު ރަނގަޅުވެފައިވ އެވެ. މިއާއި އެކު ކޯވިޑުން ރަނގަޅުވި މީހުންގެ އަދަދު ވަނީ 18،695 މީހުންނަށް އަރާފައި އެވެ.

ބަލީގައި މަރުވެފައިވަނީ 64 މީހުންނެވެ

މިއަދުގެނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނުމީހުންގެއަދަދު ވަނީ 21،268 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް