އައްޑޫ ސިޓީ ފޭދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މި މާރާމަރީ ހިންގާފައިވނީ ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި އެވެ. ފުލުހުން ބުނީ މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިރޭ 6:30 ހާއިރު ކަމަށެވެ.
މި މާރާމާރީގައި ހަތް މީހަކަށް އަނިޔާވެފައިވެ އެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން ދަނީ ފޭދޫ ސިއްހީ މަރުކަޒުގައި ކަމަށެވެ. އަދި އަނެއް ބަޔަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެކަމަކު އެމީހުންގެ ހާލަތާއި ގުޅޭގޮތުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް