ޕެންތްރޮފޯބިއާ - މައިދައިތަ ދެކެ ބިރުގަނޭތަ؟

ޕެންތްރޮފޯބިއާ އަކީ މައިދައިތަ ދެކެ ގަންނަ ބިރެވެ. އެމެރިކާގެ އެތައް މިލިއަން މީހުން އެކި ވައްތަރުގެ 'ފޯބިއާ' ތަހައްމަލު ކުރާއިރު، މިއީ އޭގެން އެއް ބާވަތެވެ. ބައެއް މައިދައިތައިންނަކީ އެމީހުންގެ ދަނބި...

11 Mar 2021 | 14:35

ޕެންތްރޮފޯބިއާ އަކީ މައިދައިތަ ދެކެ ގަންނަ ބިރެވެ. އެމެރިކާގެ އެތައް މިލިއަން މީހުން އެކި ވައްތަރުގެ 'ފޯބިއާ' ތަހައްމަލު ކުރާއިރު، މިއީ އޭގެން އެއް ބާވަތެވެ.

ބައެއް މައިދައިތައިންނަކީ އެމީހުންގެ ދަނބިދަރިންނަށް ނުވަތަ ޅީ ދަރިންނަށް ވަރަށް ގޯސްކޮށް ކަންތައް ކުރާ ބައެކެވެ. ނަމަވެސް އެއާ ޚިލާފަށް، ރަނގަޅަށް ކަންތައް ކުރާ މީހުންވެސް އުޅެއެވެ.

މައިދައިތައިންނާއި އެމީހުންގެ ދަނބިދަރިން އަދި ޅީދަރިންގެ ކޯޅުމަކީ މީސް މީޑިޔާގައި ޖޯކަކަށް ހަދައިގެން ވެސް ދައްކާ ވާހަކައެކެވެ. ބައެއް ފަހަރު ބޮޑެތި އާއިލާ ތަކުގައި މި މައްސަލަ ވަކިން ބޮޑެވެ.

'މާޔޯ ކްލިނިކް' އިން ބުނާ ގޮތުގައި، މިފަދަ 'ފޯބިއާސް' ކުރިމަތިވާ ތިން ސަބަބެއް ވެއެވެ. އޭގެ ތެރޭގައި ހިތި ތަޖުރިބާ ކުރަން ޖެހިފައި ވުން، އާއިލީގޮތުން މިފަދަ ކަމެއް ވާރުތަ ވުމާއި، އެމީހެއް އުޅޭ މާހައުލުގެ އިތުރުން އެމީހެއްގެ ސިކުނޑި މަސައްކަތް ކުރާ ގޮތެވެ.

ޕެންތްރޮފޯބިއާ ހުރި މީހެއްނަމަ އެމީހެއްގެ ގައިން އެކަމުގެ އަލާމާތްތައް ފެނެއެވެ. އޭގެތެރޭގައި މައިދަތަ ފެނުމުން ބިރުގަންނަ ގޮތް ވެއެވެ. ސަބަބަކީ އެމީހެއްގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ގޮތް ގަނޑަށް މައިދައިތަ ފާޑުކިޔާނެތީއެވެ. ނުވަތަ މައިދައިތަ ފުރަތަމަ އެމީހަކާ މެދު ނުރުހޭކަން ދައްކައިފި ނަމަ ވެސް މިކަމަށް މަގުފަހި ވެއެވެ.

ޕެންތްރޮފޯބިއާ ހުރެއްޖެ ނަމަ އެކަމުގެ ސަބަބުން ފިކުރު ބޮޑުވެ ހާސްވާން ދިމާވެއެވެ. އަދި ބައެއް ފަހަރަށް އެފަދަ ގޮތަކަށް ދިމާވާ މީހުން ބައެއް ހާލަަތުގައި ބޮލަށް ބަރުގެ ހޮޑުލަވާ ގޮތް ވެއެވެ.

ޕެންތްރޮފބިއާ ހުރެއްޖެ ނަމަ، އެމީހަކާ އެކު އެކި މެހެފިލްތަކަށް ދާން އުޒުރުވެރި ވާނެއެވެ. އަދި ގިނައިން ދިމާވި ކަމުގައި ވިޔަސް، ވާހަކަ ދައްކައި އުޅެން ފަސްޖެހޭނެއެވެ. މީގެ އިތުރުން އެމީހަކާ މެދު އަޅާ ނުލުމާއި، އެމީހަކާ ވާހަކަ ދައްކަން އުނދަގޫ ވުން ވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް