ޤައުމީ ޒުވާނުންގެ ދުވަހުގެ އެވޯޑް އުފައްދައިދޭނޭ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއުލާނުކޮށްފިއެވެ.
މިކަމަށް ޝައުޤުވެރި ވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލެވިފައި ވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 22 ވާ ހޯމަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައި ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.
އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އޭޕްރީލް 1 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް