އަންނަ ހަފްތާގައި މާލޭގައި އޮންލައިންކޮށް ކިޔަވައިދޭނީ ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ކޯވިޑް-19ގެ ހާލަތު ގޯސްވެ މާލޭގެ ސްކޫލްތަކުގައި ގްރޭޑް އަށަކުން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭތާ ދެ ހަފްތާ ވެއްޖެ އެވެ.
މި ހަފްތާއަކީ 202-2021 ވަނަ އަހަރުގެ ދެ ވަނަ ޓާމުގެ މިޑްޓާމް ބްރޭކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވުމުން އާދިއްތަ ދުވަހުން ފެށިގެން އެއް ހަފްތާއަށް މާލޭގައި ސްކޫލްތަކަށް ހާޒިރު ކޮށްގެން ކިޔަވައިދޭނީ ގްރޭޑް ހަތަކުން ން 12 ގެ ދަރިވަރުންނަށް ކަމަށެވެ. އަދި އެލްކޭޖީން ފެށިގެން ގްރޭޑް ހައެއްގެ ދަރިވަރުންނަށް ކިޔަވައިދެމުންދާނީ އޮންލައިންކޮށް ކަމަށެވެ.
ބަލީގެ ހާލަތު މާ ބޮޑަށް ގޯސްވުމުން މާލެ ސަރަހައްދުގެ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ދެ ވަނަ ފަހަރަށް ސްކޫލު ބަންދުކުރިތާ މަހެއްވީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިބަދަލުތައް ގެންނަމުން ދަނީ އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ކޯވިޑްގެ ހާލަތައް ރިއާޔަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް