ކުރިޔަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ

ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާ ކުރިޔަށް އޮތް ދ...

11 Mar 2021 | 10:43

ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާ ކުރިޔަށް އޮތް ދެ ދުވަހު ކުރާނެ ކަމަށެވެ. މިހާރު ކުރަމުން ދަނީ ކޮންމެ އަހަރަކު މާޗު މަހު ކުރާ ވިއްސާރައެއް ކަމަށް މެތް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް އަންގާރަ ދުވަހުން ފެށިގެން މެޓް އޮފީހުން އަންނަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެމުންނެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. މެޓް އޮފީހުން ވަނީ ހއ ން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިރޭ 8:00 ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފަ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް