ހޯމައިގެ ފަހު މާލޭގައި ފުރަތަމަ ޑޯޒް ޖަހައިދޭނީ ފަސް ކެޓަގަރީއެއްގެ މީހުންނަށް

އަންނަ ހޯމަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ޖަހައިދޭނީ ފަސް ކެޓަގަރީއަކަށް ފެތޭ މީހުންނަށް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޗަން ސެންޓަރު (އެޗްއީއޯސީ) ބުނެފި އެވެ. ހެލްތް މިނިސްޓް...

11 Mar 2021 | 09:53

އަންނަ ހޯމަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ޖަހައިދޭނީ ފަސް ކެޓަގަރީއަކަށް ފެތޭ މީހުންނަށް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޗަން ސެންޓަރު (އެޗްއީއޯސީ) ބުނެފި އެވެ.

ހެލްތް މިނިސްޓްރީން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ފުރަތަމ ޑޯޒު ދިނުން އަންނަ ހޯމަ ދުވަހު ޖަހައި ދިނުން ހުއްޓާލާށެވެ. ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މާލޭގައި ވެކްސިން ޖެހުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށެވެ.

އެޗްއީއޯސީން މިއަދު ބުނީ ކޯވިޑްގެ ފުރަތަމަ ޑޯޒު މާލޭގައި އާންމުކޮށް ހުޅުވާލައިގެން ދޭނީ މިމަހުގެ 15 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން ކަނޑައެޅިފައިވާ ވަކި ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެމުންދާނެ ކަމަށް ބުނެ އެވެ.

ހޯމަ ދުވަހުގެ ފަހުން މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދޭނީ:

ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)

ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)

ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)

ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން

ބައްޔެއްގެ ސަބަބުން، ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ރާއްޖޭގައި ކަނޑައަޅާފައިވަނީ އަށް ހަފްތާ ފަހުންނެވެ. މާލެ ސަރަހައްދުގައި މިމަހުގެ ފަހުކޮޅު ވެކްސިންގެ ދެ ވަނަ ޑޯޒު ދޭން ފަށާނެ އެވެ.

ހެލްތް މިނިސްޓްރީން ލަފާ ކުރާގޮތުގައި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ އުމުރުން18 އަހަރުން މަތީގެ75-80 ޕަސެންޓާއި ދެމެދުގެ އަދަދަކަށް މީހުންނަށް ވެކްސިން ދެވޭނެ އެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ރާއްޖޭގައި މިހާތަނަށް 175،456 މީހުންނަށް ކޯވިޑު ވެކްސިން ދީފައި ވެ އެވެ. އެއީ މާލެ ސަރަހައްދުން 99،821 މީހުން އަދި އަތޮޅުތެރެއިން 75،635 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް