ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިއަންނަ ހަފުތާތެރޭ ފެށޭނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ. އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކާއެކު އެމްޓީސީސީގެ ބާރޖް މިހާރު ލަންދޫއަށް ފުރާފައި ވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި މަޝްރޫޢުގައި ހިމެނެނީ 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމެވެ.
އަދި އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކޮށް، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
32.4 މިލިއަން ރުފިޔާގެ މި މަޝްރޫޢު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް