ކަފުޖަހައިގެން ގެންދަނިކޮށް ގެއްލުނު ދޯނި ފެނިއްޖެ

އައްޑޫ ސިޓީ ހުޅުމީދޫއިން ގދ. އަތޮޅަށް ކަފުޖަހައިގެން ގެންދަނިކޮށް ގެއްލުނު "ވީނާ" ނަމަކަށް ކިޔާ ދޯނި ފެނިއްޖެ އެވެ. އެ ދޯނި ގެއްލިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ރޭ 8...

11 Mar 2021 | 07:25

އައްޑޫ ސިޓީ ހުޅުމީދޫއިން ގދ. އަތޮޅަށް ކަފުޖަހައިގެން ގެންދަނިކޮށް ގެއްލުނު "ވީނާ" ނަމަކަށް ކިޔާ ދޯނި ފެނިއްޖެ އެވެ.

އެ ދޯނި ގެއްލިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ރޭ 8:15 ހާއިރު އެވެ.

އެއީ ދިގުމިނުގައި 45 ފޫޓު ހުންނަ ދޯންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ފެނިފައިވަނީ މިއަދު ހެނދުނު 9:58 ހާއިރު އެވެ. ފެނު އިރު ދޯނި އޮތީ އައްޑޫ ސިޓީގެ ހުޅަނގުން 40 މޭލު ބޭރުގައި އެވެ.

ދޯނި ފެނިފައިވަނީ ވައިގެ މަގުން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އެމްއެންޑީއެފް ހެލިކޮޕްޓަރަށެވެ.

އެމްއެންޑިއެފް މީޑިއާއިން ބުނީ ދޯނި އޮޔާ ދާ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދު މިހާޜު ދަތުރު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް