ދާއިރާގެ ރައްޔިތުން ނުހުހިއްޖެނަމަ މަޖިލިސް މެމްބަރުންގެ ވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގެން ޖެހޭ ކަމަށް ޑރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒު ވަނީ މިފަދަ ގޮތެއް ހެދުމަށް މަޖިލިސް މެންބަރުންނަށް އިލްތިމާސް ވެސް ކޮށްފައެެވެ.
"މެމްބަރެއްގެ ދާއިރާގައި ރައްޔިތުން އެބޭފުޅަކާ ދޭތެރޭގަ، އެ މެމްބަރަކާ ދޭތެރޭގައިތުބާރު ނެތް ކަމަށް ވަނީނަމަ އެ މެމްބަރެއްގެ ނޯ ކޮންފެޑެންސް ނެގޭ ގޮތަށް އެބަ ހަމަޖައްސަން ޖެހޭ" ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އިޔާޒް ވިދާޅުވީ،ި ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ އިތުރުން ފަނޑިޔާރުންނާއި މެދު އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭއިރު، މަޖިލީހުގެ މެމްބަރުންނާ މެދުވެސް އެ ވޯޓް ނެގެން ޖެހޭ ކަމަށެވެ އަދި އެއީ ގާނުނަށްވުރެ މަތީގައި ތިބެން ޖެހޭ ބައެއް ނޫން ކަމަށް އިޒާޔް ބުނެފައިވެއެވެ.
"ގާނޫނީ ކަންކަމުގައި މަޖިލިސް މެމްބަރުންނަށް ލަފާ ދިނުމަށް މިހާރުވެސް ބޭފުޅަކު ހުންނަވާއިރު، ދީނީ ކަންކަމުގައި ލަފާ ދިނުމަށް މަޖިލީހުގައި މީހަކު ނުބަހައްޓަންވީ ސަބަބެއް ނެތް" - ޑރ. އިޔާޒް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް