ބީއެމްއެލްގެ އެހީތެރިކަން 100 އަށްވުރެ ގިނަ ރަށަކަށް: ސަސްޓެއިނަބިލިޓީ ރިޕޯޓް 2020

2020 ވަނަ އަހަރު މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް އިން  ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މުޖުތަމައުގެ ލާބައާއި މަންފާއަށް ރާއްޖޭގެ 100 އަށް ވުރެ ގި...

11 Mar 2021 | 04:38

2020 ވަނަ އަހަރު މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް އިން  ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެގޮތުން މުޖުތަމައުގެ ލާބައާއި މަންފާއަށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށް ބޭންކުން ހިންގި ޕްރޮޖެކްޓްތަކާއި ސްޕޮންސަރޝިޕްތައް މެދުވެރިކޮށް  އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިދޔަ އަހަރުތެރޭ ކުރެވިގެންދިޔަ މުހިންމު މަސައްކަތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް މާލީ ގޮތުންވެދީފައިވާ އެހީތެރިކަމާ ގުޅޭ މަައުލޫމާތު ހިމެނޭ ސަސްޓެއިނަބިލިޓީ ރިޕޯރޓް 2020 ވަނީ އިއްޔެ ބޭންކުގެ ވެބްސަައިޓްގައި ޝާއިއުކޮށްފައެވެ.

ކޮވިޑްގެ ބަލި މަޑުކަމާއެކު ދިމާވި ދަތި އުނދަގޫތަކާއެކުވެސް ބޭންކުން ވަނީ ސީއެސްއާރ ޕްރޮޖެކްޓްތަކަށް ހިންގައި، އާންމު ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ނަމަވެސް ބޭންކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ފާއިތުވެދިޔަ އަހަރުވެސް ހަރަކާތްތަކެއް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުނު ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ދެމެހެއްޓެނިވި މަޝްރޫއުތަކެއްގެ ޒަރިޢާއިން ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢާތްތައް ބާރުވެރިކުރުމުގެ ގޮތުން ހިންގޭ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް  އެއްމިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަގައި ހިންގުމަށް ބީއެމްއެލް އިން ވަނޫ އިންވެސްޓްކޮށްފައެވެ.

މިގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީކުރުމާއި، ޕާކު އަދި ޖިމް ހެދުން، ނޭޗަރ ޕާކް ތަރައްގީކުރުމާއި، ސޯލަރ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައި ވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ރާއްޖޭގައި ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމަށް ބޭންކުން އަބަދުވެސް  ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބީއމްއެލް އިން މައުލޫމާތު ދެއެވެ.

މިގޮތުން މިދިޔަ އަހަރު ކެންސަރ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ކުރާ މަސައްކަތައް އެހީތެރިކަން ފޯރިކޮށްދީ ފެމަލީ ލީގަލް ކްލިނިކް ގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ވަނީ މާލީ އެހީތެރިކަން ފޯރިކޮށްދީފައެވެ.

މިއާއެކު، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގުނު އާކް އެއިޑް ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އިން ބައިވެރިވެފައި ވެއެވެ.

އަތޮޅު ތެރޭގައި ބޭންކިންގ ވިއުގަ ފުޅާކުރުމަށްޓަކައި ވެސް މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ އިތުރަށް އިންވެސްޓް ކޮށްފައެވެ. މި ގޮތުން 9 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލުނެެގެސްފައި ވެއެވެ.

އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ މަގުވެސް ވަނީ ތަނަވަސްކޮށްދެވިފައި ވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެތެރެއިން 40 އަށް ވުރެ އޭޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކޭނެ މަގުވެސް ފަހިކުރެވިފައި ވެއެވެ.

ބޭންކުން ވަރަށް ހާއްސަކަމަށް ދީގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމުގެ ގޮތުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން 65 ވީލްޗެއަރ މިދިޔަ އަހަރު ހަދިޔާ ކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާކަމަށް ބީއެމްއެލް އިން ފާހަގަ ކުރެއެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނާއި މި ހާލަތުން އަރައިގަނެވޭނެ މުއްދަތެއް އަދި އަންދާޒާ ކުރަން ދަތިވެފައިވީ ނަމަވެސް ބޭންކުން މިއަހަރު ތެރޭގައިވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ނިންމާފައި ވާ މަކަށް ބޭކްން އޮފް މޯލްޑިވްސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް