ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުންކުރާ ރަސްމީ ލޯގޯ އިފްތިތާހުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ގޮތުގައި ފާހަގަކުރަން ކަނޑައަޅާފއި ވަނީ 2022 ވަނަ އަހަރުއެވެ. އެގޮތުން އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މުނާސަބާތުގެ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ހަރަކާތްތަކުގައި ބޭނުންކުރާ ލޯގޯ އިފްތިތާޙުކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ވަރޗުއަލް އިވެންޓެއްގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއްކަމަށްވާ، މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް އަދި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ގަނެފައިވެއެވެ.
މިރަސްމީއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ރަން އަހަރު، ރަން އަހަރަކަށް ވެގެންދާނީ ސިނާޢަތުގެ މަންފާ ދިވެހިންނަށް ފޯރައިގެންކަމަށެވެ. އެގޮތުން މިވިޔަފާރީގެ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހީން ވާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ރަންޔޫބީލް ލޯގޯ ފަރުމާކޮށްފައި ވަނީ އަބްދުﷲ ނަޝާތު އަދި މުހައްމަދު އަޒްލިފް އެވެ. ލޯގޯއިން ރަމްޒުކޮށްދެނީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ރީތިކަމުގެ އިތުރުން ސަގާފަތާއި ތަރިކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް