ކައި ނިމޭއިރަށް ބަނޑު ނުނިކުންނާނެ ގޮތެއް ހަދަން ބޭނުންތަ؟

އޮފީހުގައި އުޅެމުންނާއި ރައްޓެހިންނާއި އެކު އަދި އާއިލާ މީހުންނާއި އެކު ރެސްޓޯރަންޓަކަށް ގޮސް ރަނގަޅަށް ކާލައިގެން ތެ ދުވާއިރު ބަނޑު ނުކުމެފައި ހުންނާތީ މީހުން ވަރަށް ލަދުގަނެ އެވެ. އާންމުކޮށް އެގޮތަށ...

11 Mar 2017 | 08:44

އޮފީހުގައި އުޅެމުންނާއި ރައްޓެހިންނާއި އެކު އަދި އާއިލާ މީހުންނާއި އެކު ރެސްޓޯރަންޓަކަށް ގޮސް ރަނގަޅަށް ކާލައިގެން ތެ ދުވާއިރު ބަނޑު ނުކުމެފައި ހުންނާތީ މީހުން ވަރަށް ލަދުގަނެ އެވެ.

އާންމުކޮށް އެގޮތަށް ބަނޑު ނުކުންނަނީ ކެއުމުގައި ފަރުވަކުޑަކޮށްލެވޭތީ އެވެ. ދިރާސާތަކުން ދައްކާގޮތުގައި އެގޮތަށް ބަނޑު ނުކުންނަނީ ގޭސް އުފެދިފައި ހުރުމުންނާއި ކެއުމުގެ އާދަކާދަ އާއި ކާއެއްޗެހީގެ ސަބަބުންނެވެ.

އެކަމަކު އެގޮތަށް ކުއްލިއަކަށް ނުކުންނަ ބަނޑު ނުނިކުންނާނެ ގޮތްތަކެއް އެބަ ހުއްޓެވެ. ތިރީގައި އެވަނީ ކުރެވިދާނެ ބައެއް ކަންކަމެވެ.

ކާއިރު މަދުން ދިޔާ އެއްޗެހި ބޭނުން ކުރުން:

ކާއިރު ދިޔާ އެއްޗެހި ބޯނީ ވީހާވެސް މަދުންނެވެ. ކަމުން ދިޔާ އެއްޗެހި ބޯނަމަ ވަރަށް އަވަހަށް ބަނޑު ފުރޭނެ އެވެ. އަދި އެސިޑު އުފެދުން އަވަސްވެ ބަނޑު ފުފޭގޮތްވާނެ އެވެ. ތަޖުރިބާކާރުން ލަފާ ދޭގޮތުގައި ކެއުމުގެ ކުރިންނާއި ފަހުން 15 މިނިޓާއި 20 މިނިޓުގެ ބްރޭކެއް ދިޔާ އެއްޗެހި ބުއިމުގައި ނަގަން ވާނެ އެވެ.

ރަނގަޅަށް ކާއެއްޗެހި ހަފައި، ހަމަޖެހިލައިގެން ކެއުން:

މާބޮޑަށް އަވަސް އަރުވާލައިގެން ކާނަމަ ހަށިގަނޑަށް ބޭނުންވާ ވައި ރަނގަޅަށް ނުވަދުމުގެ ސަބަބުން ބަނޑުތެރޭގައި ގޭސް އުފެދޭގޮތް ވެ އެވެ. އަދި ރަނގަޅަށް ނަހަފާ ކާއެއްޗެހި ދިރުވުމުން ހަޖަމްވާން ގިނަ އިރު ނަގައެވެ. އެހެންވުމުންވެސް ބަނޑު ފުއްޕާފައި ހުންނާނެ އެވެ.

ކަސްރަތު:

މާބޮޑު ކަސްރަތެއް ކުރާނެ ކަމެއް ނެތެވެ. ކޮންމެ ގަޑިއެއްގެ ކެއުމަށް ފަހު އަދި ކެއުމުގެ ކުރިން ދެ މިނިޓުވަރު ހިނގާލާށެވެ. އޭރުން ބަނޑު ހުންނާނީ ހަމަޖެހިލާފައި އެވެ. ހާއްސަކޮށް ހެނދުނު ސައިގެ ކުރިން ހިނގާލުމުން ބަނޑު ހަމަޖެހިލައި މީހާގެ ހަށިގަނޑު އެ ދުވަހަކަށް ފިޓުވާނެ އެވެ.

ލޮނު ބޭނުން ކުރުން މަދުކުރުން:

ކެއުމުގައި މާ ލޮނުގަދަ އެއްޗެހި ބޭނުން ކުރާނަމަ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އޭގެ އަސަރުކޮށް ބަނޑުގައި ފެން ގިނަވެ އެވެ. އެވެސް ބަނޑު ނުކުންނަށް ދިމާވާ ސަބަބެކެވެ.

ކާބޯހައިޑްރޭޓް ހިމެނޭ ބުއިންތައް:

އާންމުކޮށް ބޯ ހުރިހާ ވައްތަރެއްގެ ލުއި ބުއިންތަކަކީ ކާބޯ ހައިޑްރޭޓްސް ހިމެނޭ ބުއިންތަކެވެ. އޭގެ ސަބަބުން ހަށިގަނޑު ފަލަވެ ފުފޭނެ އެވެ. ކާ ކޮންމެ ފަހަރަކު ލުއި ބުއިންތަކާއި އެނާޖީ ޑްރިންކް ފަދަ އެއްޗެހި ބޯނަމަ ކައި ނިމޭއިރަށް ބަނޑު ނުކުންނާނެ އެވެ.

އަލަނާސި އަދި ފަޅޯ ކެއުން:

މޭވާގެ ބާވަތްތައް ކަމަށްވާ ތާޒާ އަލަނާސިއާއި ފަޅޯ ކެއުމަކީ ބަނޑު ނުކުތުން ކޮންޓްރޯލް ކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެ ދެ ބާވަތުގެ މޭވާ ކެއުމުން ކާއެއްޗެހި ދާ ހޮޅި ސާފުވެ ހަޖަމް ކުރަން ފަސޭހަވެ، އަވަސް ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް