އެމްޑީއޭ އާއި ނުގުޅި އެއްވެސް ޕާޓީއަކަށް ވެރިކަމެއް ނުހޯދޭނެ: އާމިރު

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) އާއި ނުލާ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ވެރިކަމަށް ނާދެވޭނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު، ކުޑަހުވަދޫ ދާއިރާގެ މެންބ...

11 Mar 2017 | 02:46

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) އާއި ނުލާ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ވެރިކަމަށް ނާދެވޭނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕާޓީއާއި ނުލާ ވެރިކަން ހޯދުމަކީ އެއްވެސް ޕާޓީއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުއްލި ގޮތަކަށް އާމިރު މިހެން ވިދާޅުވާން ޖެހުނު ސަބަބެއް ނޭނގެ އެވެ. އެއީ އެޕާޓީ އާއި ވެރިކަން ކުރާ ޕީޕީއެމް އާއި ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެމްޑީއޭއިން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާނެ ކަން ވަނީ ހާމަކޮށްފައި އެވެ.

އެކަމަކު ޕީޕީއެމް އިން ވަނީ އެ ޕާޓީން 2018 ގެ އިންތިހާބު ކާމިޔާބު ކުރާނީ އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލާ ކަމަށް ބުނެފައި އެވެ.

އެމްޑީއޭ ތަމްސީލް ކުރާ އަށް މަޖިލިސް މެންބަރުން ތިއްބެވި އިރު މި ފަހަކަށް އައިސް އެ ޕާޓީއަށް ދަނީ ގިނަ އާންމު ރައްޔިތުން ތަކެއް ގުޅެމުންނެވެ.

ހާއްސަކޮށް ނ. އަތޮޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް