މާލެ ސަރަޙައްދުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސެޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލެ އޭރިޔާގެ އިސްވެރިންނާއެކު މަޝްވަރާކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު އިސްކަންދަރު ބިލްޑިންގގައި އޮތް މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މާލެ ސަރަޙައްދުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ކަމަށެވެ. އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މިގޮތުން މިދުވަސްވަރަކީ ސިލްސިލާ މުޒާހިރާތަކެއް މާލޭގައި ކުރަމުންދާ ދުވަސްވަރެއްކަމަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ރައްޔިތުންގެ މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވިސްނުންތެރިކަމާއެކު މަސައްކަތްތަކެއް ކުރުމަށާއި ޙާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ވަނީ މަޝްވަރާ ކޮށްފައިވާކަމަށާއި މީގެ އިތުރުން ސިޔާސީ ޕާތީތަކުން ރާވައިގެން ހިންގަން އިންތިޒާމުކުރާ ޙަރަކާތްތަކާ ގުޅިގެން މާލެ ތެރެއާއި މާލެ ސަރަޙައްދަށް އަންނަ ހަލަބޮލިކަން ކުޑަކޮށް ރައްޔިތުންގެ ޢާޢްމު ދިރިއުޅުމަށް ބުރޫ ނާރާނެހެން ކަންކަން ކުރިއަށް ގެންދަންވެސް ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް