ނަޝީދުގެ ޝަރީއަތުގެ އަށްވަނަ އަޑުއެހުން ހުކުރު ދުވަހުގެ ރެއަށް ތާވަލް ކޮށްފި

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗައް ކުރާ ދައުވާގެ އަޑު އެހުމަށް މިމަހުގެ 13 (ހުކުރު) ދުވަހަށް ތާވަލްކޮށްފި އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ ރޭގެ އަޑު އެހުން ފެށު...

11 Mar 2015 | 07:21

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗައް ކުރާ ދައުވާގެ އަޑު އެހުމަށް މިމަހުގެ 13 (ހުކުރު) ދުވަހަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ރޭގެ އަޑު އެހުން ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކަމަށާއި އަޑުއަހަށް ވަޑައިގަންނަވާ ފަރާތްތަކުން ނަންނޯޓްކުރުމަށް ހަމަޖެހިފައިވަނީ 12 ވާ ބުރާސްފަތި ދުވަހު 08:00 އިން 12:00އަށް ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ރޭގައިވެސް ކުރިއަށް ގެންގޮސްފައި ވެ އެވެ. ރޭގެ ޝަރީއަތުގެ އަޑު އެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ އަބްދުﷲ ގާޒީގެ ހެކިބަސް ނެގުން އެކަންޏެވެ. ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ގާޒީ ވިދާޅުވީ، އޭނާ ހައްޔަރު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ އޭރުގެ ރައީސް ކަމަށް ދޭހަވީ ގިރިފުށީގައި ހުންނެވިއިރު، އެމްޑީޕީ ސަރުކާރުގެ އިސްވެރިންތަކެއް އެތަނުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުން ކަމަށެވެ. ގާޒީ ވިދާޅުވީ އެބޭފުޅުންގެ ވާހަކަތަކުން، އޭނާ ހައްޔަރުކުރުމުގެ ޒިންމާ، އޭރުގެ ރައީސް ނަގަން ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގަތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް