މަހުލޫފްގެ ޓްވިޓާ އެކައުންޓް ވެރިފައިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ޓްވިޓާ އެކައުންޓް ވެރިފައިކޮށްފި އެވެ. @AhmedMahloof ނަމުގައި ހަދާފައިވާ އެކައުންޓް 32 ހާސް މީހުން ފޮލޯ ކުރާއިރު މަހްލޫފް ވަ...

11 Mar 2015 | 04:41

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ޓްވިޓާ އެކައުންޓް ވެރިފައިކޮށްފި އެވެ.

@AhmedMahloof ނަމުގައި ހަދާފައިވާ އެކައުންޓް 32 ހާސް މީހުން ފޮލޯ ކުރާއިރު މަހްލޫފް ވަނީ މިއަދާ ހަމައަށް 12 ހާހަށްވުރެ ގިނަ ޓްވީޓް ކުރައްވާފަ އެވެ. މަހްލޫފްގެ އެކައުންޓް ޓްވިޓާއިން ވެރިފައި ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޓުވިޓާގެ ވެރިފައިޑް އެކައުންޓް އާންމު ގޮތެއްގައި ލިބެނީ މަޝްހޫރު ޝަހުސިއްޔަތުންނަށެވެ. ޓްވިޓާގެ ވެރިފައިޑް ގައިޑްލައިން ބުނާ ގޮތުން ޓްވިޓާއިން އެކައުންޓެއް ވެރިފައި ކުރާނީ އެ އެކައުންޓަކީ އެމީހެއްގެ އެކައުންޓްކަން ޔަގީންކޮށްދިނުމަށެވެ.

ރާއްޖޭގެ ރައީސުންގެ ތެރެއިން އެންމެ ފުރަތަމަ ވެރިފައި ކޮށްފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޓްވިޓާ އެކައުންޓެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކައުންޓް ވެސް ވަނީ ވެރިފައިކޮށްފަ އެވެ. މިހާރުގެ ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އެކައުންޓަކީވެސް ވެރިފައިކޮށްފައިވާ އެކައުންޓެކެވެ. އަދި ރައީސް މައުމޫންގެ ޓްވިޓާ އެކައުންޓްވެސް ޓްވިޓާއިން މިހާރު ވަނީ ވެރިފައި ކޮށްފަ އެވެ. ރައީސް މައުމޫންގެ ޓްވީޓާ އެކައުންޓްވެސް ވެރިފައި ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް