ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޓްވިޓާ އެކައުންޓް ވެރިފައިކޮށްފި އެވެ.
@ maumoonagayoom ނަމުގައި ހަދާފައިވާ އެކައުންޓް 29 ހާސް މީހުން ފޮލޯ ކުރަމުން އަންނައިރު ޓްވިޓާއިން މި އެކައުންޓް ވެރިފައި ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޓުވިޓާގެ ވެރިފައިޑް އެކައުންޓް އާންމު ގޮތެއްގައި ލިބެނީ މަޝްހޫރު ޝަހުސިއްޔަތުންނަށެވެ. ޓްވިޓާގެ ވެރިފައިޑް ގައިޑްލައިން ބުނާ ގޮތުން ޓްވިޓާއިން އެކައުންޓެއް ވެރިފައި ކުރާނީ އެ އެކައުންޓަކީ އެމީހެއްގެ އެކައުންޓްކަން ޔަގީންކޮށްދިނުމަށެވެ.
ރާއްޖޭގެ ރައީސުންގެ ތެރެއިން އެންމެ ފުރަތަމަ ވެރިފައި ކޮށްފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޓްވިޓާ އެކައުންޓެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކައުންޓް ވެސް ވަނީ ވެރިފައިކޮށްފަ އެވެ. މިހާރުގެ ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އެކައުންޓަކީވެސް ވެރިފައިކޮށްފައިވާ އެކައުންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް