އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި

ސަރުކާރު ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކަމުން އަންނަ ތެލާއި ޕެޓްރޯލް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. އެސްޓީއޯއިން ބުނީ މިގޮތުން 10 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް އަދި ޑީސަލް ލީޓަރެއް މިހ...

11 Mar 2015 | 04:19

ސަރުކާރު ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކަމުން އަންނަ ތެލާއި ޕެޓްރޯލް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ މިގޮތުން 10 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް އަދި ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދާނީ 11 ރުފިޔާއަށް ކަމަށެވެ.

އަދި މި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއެކު ގެނެވުނު ބަދަލެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ތެލުގެ އަގު އެސްޓީއޯއިން އެންމެ ފަހުން ހެޔޮކުރީ މި އަހަރުގެ ޖެނުއަރީ 18 ގަ އެވެ. އެފަހަރު ޑީސަލް ލީޓަރަކުން 2.33 ރ އަދި ޕެޓްރޯލް ލީޓަރަކުން 2.37ރ ހެޔޮކޮށްފައިވާއިރު މި ފަހަކަށް އައިސް އެސްޓީއޯއިން ވަނީ ފަސް ފަހަރުމަތިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް