މާރާމާރީ ހިންގަން އުޅުނު ހަމީހަކު ހައްޔަރުކޮށްފި

ގްރޫޕް ހައިދައިގެން ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގ...

11 Mar 2015 | 03:54

ގްރޫޕް ހައިދައިގެން ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެއްމެންނަކީވެސް ދިވެހިން ކަމަށެވެ.

މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް މިމީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މިމީހުންގެ ހަރަކާތްތައް ބަލަމުންދަނިކޮށް، ފުލުހުންނަށް ފިލަން މާލޭ ގެއެއްގެ ތެރެއަށް ވަތްތަނުން ރޭ ފަތިހު 04:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އަދި މިމީހުން ފިލަން ވަނުމުން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު އެގޭތެރެއިން ގިނަ ޢަދަދެއްގެ ތޫނު ހަތިޔާރު ފެނިފައިވާއިރު މިތަކެތީގެ ތެރޭގައި ކަތިވަޅިއާއި ވަޅިތަކެއް ހިމެނޭ ކަމަށް އަދި މީގެއިތުރުން އެގޭތެރެއިން މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކުތަކެއްވެސް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް