ހަށި ވިއްކި އަންހެނަކާއި އެ އަންހެން މީހާގެ އޭޖެންޓް އަތުލައިގަނެ އަންހެން މީހާ ޑީޕޯޓްކޮށް ފިރިހެން މީހާ ޑީޕޯޓްކުރަން ތައްޔާރުވެއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބިދޭސީ އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އަތުލައިގެންފައިވަނީ ނޭޕާލަށް ނިސްބަތްވާ ފިރިހެނެއް ކަމުގައިވާ އުމުރުން 52 އަހަރުގެ ޗަތުރަ ބަހާދޫރް ވަޖީ އާއި އިންޑިއާއަށް ނިސްބަތްވާ އަންހެނެއް ކަމުގައިވާ، އުމުރުން 39 އަހަރުގެ ގީތާ ކުމާރަސާމީ އެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މީގެ ތެރޭގައި ހިމެނޭ ބިދޭސީ އަންހެން މީހާ ވަނީ ޑިޕޯޓުކުރެވިފައި ކަމަށާއި އަދި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެން މީހާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް