ވިލުފުށީ ކެފޭއަކަށް ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް ތަޙުޤީޤު ކުރަން ފަށައިފި

ތ. ވިލުފުށީ ކެފޭއެއްގެ ބޭރަށް ސިހުރެއް ހެދިކަމަށް ބުނާ މައްސަލައެއް ދިވެހި ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ 09 ވަނަ ދުވަހުގެ ރޭގެ ދަންވަރު ...

11 Feb 2025 | 12:01

ތ. ވިލުފުށީ ކެފޭއެއްގެ ބޭރަށް ސިހުރެއް ހެދިކަމަށް ބުނާ މައްސަލައެއް ދިވެހި ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ 09 ވަނަ ދުވަހުގެ ރޭގެ ދަންވަރު 12:05 ހާއިރު ތ. ވިލުފުށި ކެފޭއެއް ކުރިމައްޗަށް ސިހުރު ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ ރަށުން ދުވަހަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެކަން ހިންގި މަންޒަރު އެ ކެފޭގެ ކުރިމަތީގައި ހުންނަ ފިހާރައިގެ ސީސީޓީވީ ފުޓޭޖަށް ރެކޯޑު ކުރެވިފައިވާތީ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނޫންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް