ގިނަ އަދަދެއްގެ ސިނގިރޭޓާއި ގިނަ އަދަދެއްގެ ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ނެރެފައިވާތީ 67.9 މިލިޔަން ރުފިޔާ ހޯދަން ކަސްޓަމްސް އިން ކޯޓަށް

ގިނަ އަދަދެއްގެ ސިނގިރޭޓާއި ގިނަ އަދަދެއްގެ ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ނެރެފައިވާތީ 67.9 މިލިޔަން ރުފިޔާ ހޯދަން ކަސްޓަމްސް އިން ދެ މައްސަލައެއް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފިއެވެ. މިކަން...

11 Feb 2025 | 11:29

ގިނަ އަދަދެއްގެ ސިނގިރޭޓާއި ގިނަ އަދަދެއްގެ ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ނެރެފައިވާތީ 67.9 މިލިޔަން ރުފިޔާ ހޯދަން ކަސްޓަމްސް އިން ދެ މައްސަލައެއް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް ކަސްޓަމްސް އިން މިއަދު މީޑިއާތަކަށް ބުނެފައިވަނީ "އެގްޒޯޓިކް އެންޓަޕްރައިޒަސް ބޮންޑެޑް ވެއާހައުސް" ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ "ކެމެލް ޔެލޯ" ބްރޭންޑްގެ 165 ކޭސް ސިނގިރޭޓާއި، "އެމެރިކަން ލެޖެންޑް" ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި "މެންޗެސްޓާ ޔުނައިޓެޑް" ބްރޭންޑްގެ 300 ކޭސް ސިނގިރޭޓް (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ޚިލާފަށް ބޮންޑެޑްވެއަރހައުސްއިން ނެރެފައިވާކަން ފާހަގަވެފައިވާކަމަށެވެ.

މީގެ އިތުރުން، "އެސްޖީއެމް ބޮންޑެޑް ވެއާހައުސް"ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ "އެމެރިކަން ލެޖެންޑް" ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި "އަފްޒަލް މޮލަސެސް" ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ބޮންޑެޑްވެއަރހައުސްއިން ނެރެފައިވާކަން ފާހަގަވިކަމަށްވެސް ބުނެފައިވެއެވެ.

"މި ދެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން މި ދަނީ ތަޙްގީގްކުރަމުން" ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މި ދެ ބޮންޑެޑްވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓިކް އެންޓަޕްރައިޒަސް ބޮންޑެޑްވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47,182,011.86 ރުފިޔާ އާއި އެސްޖީއެމް ބޮންޑެޑްވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 20,720,412.54 ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައި ކަމަށެވެ.

ބޮންޑެޑްވެއަރހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ ޢިމާރާތެއްގައި ނުވަތަ ޢިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް މިހާރު ވަނީ އިސްލާޙު ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް