ނިމިދިޔަ ޖަނަވަރީ މަހު ކުޅުދުއްފުށި ސިޓީގައި 14 ކައިވެނި އަދި 15 ވަރި ކޮށްދީފައިވާކަމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހާމަކޮށްފިއެވެ.
އެ ކޯޓުން ވަރި ކައިވެނީގެ އަދަދު މަހުން މަހަށް މި މަހުން ފެށިގެން ވަނީ އާންމުކުރަން ފަށާފައެވެ.
އެ ކޯޓުގެ ޖަނަވަރީ މަހުގެ ބައެއް ތަފާސްހިސާބުތަކަށް ބަލައިލާއިރު ޖަނަވަރީ މަހު ޖުމްލަ 61 މައްސަލައެއް ހުށަހެޅި 45 މައްސަލައެއް ބަލާ ނިންމުނުކަން ފާހަގަކޮށްފައިވެއެވެ.
ވަރީގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. މި މައްސަލައިގެ ބޮޑުކަން ފާހަގަވެގެންދަނީ ފެމިލީ ކޯޓުން ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިފަދަ ތަފާސް ހިސާބުތައް މަހުން މަހަށް ހާމަކުރަން ފެށުމުން މި މައްސަލައިގެ ބޮޑުކަން އިތުރަށް ފާހަގަވެގެންދާނެކަމަށް ގަބޫލު ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް