އައްޑޫ ސިޓީ ހިތަދޫގައި ގޭންގަކުން ރަހީނުކުރި ދިވެއްސަކު ފުލުހުން ސަލާމަތްކޮށް އެ މައްސަލައިގާ ބަޔަކު ހައްޔަރުކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ސަލާމަތް ކުރެވުނު މީހާއަށް ވަރަށް އަނިޔާ ކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހޮސްޕިޓަލުގައި އެ މީހާ އަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުން މަންޒަރު ދުށް މީހަކު ބުނީ އެ މީހާގެ ބޮލުގެ އެއްފަޅިން އިސްތަށި ބާލާފައިވާއިރު މޫނުމަތިން ބައެއް ޒަޚަމްތަކުގެ ނިޝާން ފެންނަން ހުއްޓެވެ.
ރަހީނުކޮށްގެން އެ މީހާ ގެންގުޅެފައިވަނީ މައިލޯ ފުޓްސަލް ގްރައުންޑް ކައިރީގައި ކަމަށާއި އެކަން ކުރީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބޭތީ ހައްޔަރު ކުރީ ކިތައް މީހުންކަން އަދި ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް