ފެނަކައިގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު އައްޔަންކޮށްފިއެވެ. ފެނަކައިގެ ޗެއާމަން ކަމަށް ޝަހީރު އައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއ...

11 Feb 2024 | 11:09

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު އައްޔަންކޮށްފިއެވެ.

ފެނަކައިގެ ޗެއާމަން ކަމަށް ޝަހީރު އައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޝަހީރު އަކީ 29 އަހަރު ވަންދެން އެސްޓީއޯގެ އެކި މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. ޝަހީރު އެސްޓީއޯގައި އެންމެ ފަހުން އަދާކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ކަމުގެ މަގާމެވެ. އެ މަގާމުގައި އޭނާ ހުންނެވީ މާޗް 2014 އިން ނޮވެމްބަރު 2028 ގެ ނިޔަލަށެވެ.

ޝަހީރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ބެޗެލާސް އަދި އޮސްޓްރޭލިއާގެ އެޑެލައިޑް ޔުނިވަރސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް