އެކްޓިވިސްޓް ސިމްވާރުއަށް ލަންކާ އެމްބަސީގެ މަގާމެއް ދީފި

މޯލްޑިވްސް ޑިމޮކްރެޓިކްސް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު އަންވަރު (ސިމްވާރު) އަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ...

11 Feb 2024 | 10:13

މޯލްޑިވްސް ޑިމޮކްރެޓިކްސް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު އަންވަރު (ސިމްވާރު) އަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ދީފިއެވެ.

ސިމްވާރު މައިގަނޑު ގޮތެއްގައި މަސައްކަތް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރާއި ދެކޮޅަށެވެ.

ނިމިދިޔަ އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގައި ސިމްވާރު ވަނީ އިކޮނޮމިކް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކޮށްފައެވެ. ސަރުކާރުން އިސްތިއުފާދީ، ދަ ޑިމޮކްރެޓްސްއާ ސިމްވާރު ގުޅެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްއާއި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ ދެމެދު ހިނގި ހިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ.

އޭގެ ފަހުން މި ސަރުކާރުގެ މަގާމާއި ސިމްވާރު ހަވާލުވެފައިވަނީ ޑިމޮކްރެޓްސް އިން ވަކިވެގެންނެވެ.

ސިމްވާރަށް ލަންކާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީގެ މަގާމު ދީފައިވާއިރު، އޭނާ މިއަދު ވަނީ ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނުކުންނަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް