މިއަދަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ދުވަސް!

ރާއްޖެއަށް މިއަދު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިއ...

11 Feb 2024 | 08:19

ރާއްޖެއަށް މިއަދު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިއަދު 10,213 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށާއި، މިއީ ރެކޯޑު އަދަދެއް ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖެއަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ދުވަސް ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވަނީ މި ކާމިޔާބީއާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ސްޓޭކްހޯލްޑަރުންނަށް މަރުހަބާ ދަންނަވާފައެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 6,398 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް %13 އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް