ހުޅުމާލޭގައި ފަތިހު ދުވަން ނިކުމެ އުޅުނު ދިވެހި އަންހެނަކު ބިން މައްޗަށް ވައްޓާލައި އޭނާގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފިއެވެ.
މި ހާދިސާ ކުރިމަތިވީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ އިސްވެރިޔާކަން މީގެ ކުރިން ކުރި އަދި މިހާރުގެ ދުވުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) އަށެވެ.
މާޔަން ސޯޝަލް މީޑިއާގައި މިވާހަކަ ހިއްސާކުރަމުން ބުނެފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 06:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ހުންނަ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އަދި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ދިޔައީ ކަމަށެވެ.
މާޔަން ބުނެފައިވާގޮތުގައި އެކަން މިހާރު ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައެވެ. އަދި އެ ފަށް ވިއްކަން އެއްވެސް މީހަކު އުޅޭނަމަ ނޫންނަމަ އެ ފަށް އަޅައިގެން ހުރި މީހަކު ފެނިއްޖެނަމަ އަންގާލަދިނުމަށް މާޔަން އެދިފައިވެއެވެ.
މާޔަން ވަނީ އެ ފަށް ފެންނަ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މިކަމުގައި އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް