ލ. ގަން ހުޅަނގު ފަރާތަށް މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އޮޔާދަނިކޮށް އެމްއެންޑީއެފު ކޯސްޓްގާޑުން ސަލާމަތް ކޮށްދީފި އެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ކޮށްފައިވަނީ މިއަދު މެންދުރު 12:50 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ޑިންގީގައި އޭރު ފިރިހެނަކާއި ކުޑަ ކުއްޖަކު ތިއްބެވެ. އެމްއެންޑީއެފުން ބުނީ އެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.
މިހާރު އެމީހުންނާއި ޑިންގީ ވަނީ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ގަން މުކުރިމަގު އަވަށު ބަނދަރަށް ވައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް